ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދުނީ 27 އޮކްޓޯބަރ 2011ގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުންނެވެ. މި ޕާޓީ އުފެދުނުތާ ހަތަރުމަސް ދުވަހުގެ ތެރޭގައިވަނީ ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަނާ ގުޅުމުގެ ފަޚުރު ޙާސިލްކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޒަޢާމަތުގައި (2012-2013) އަށް މިޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ. 2013ވަނަ އަހަރުގެ ނޮވެމްބަރުމަހު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިޤްތިޞާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރު ކަމުގައެވެ.
ފުރަތަމަ ޤައުމު!
ދިވެހިރާއްޖޭގެ އިސްލާމީ ތަރިކަ ، ސަގާފަތާއި އާދަކާދަ، ޤާނޫނުތައް، މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރި ކުރުމާއި، ޖިންސުގެ ތަފާތު ކުރުމެއްނެތި ޒުވާނުން ބާރުވެރިކުރުމުގެ ތެރެއިން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއި، ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމާއި، ހެޔޮވެރިކަމާއި އަދި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުން.

21 މެއި 1959ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރައިސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަކީ 2013- 2018 އަށް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރައީސެވެ. އެމަނިކުފާނަކީ އާ ޤާނޫނުއަސާސީގެ ދަށުން 5 އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސްއެވެ.
ރައީސް ޔާމީންއަކީ ޕީޕީއެމްގެ އެއް މުއައްސިސެވެ. އަދި ޕީޕީއެމްގެ ކުރީގެ ޕާލިމެންޓަރީ ލީޑަރެވެ. ރައީސް ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނަކީ ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވި ޕާޓީގެ ފުރަތަމަ މުސްތަޝާރެވެ. އެމަނިކުފާނު މިހާރުވެސް ހުންނެވި މަޤާމްކަމުގައިވާ ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ.